ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ކުރީގެ ރަންވޭ އަލުން މަރާމާތުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ އެވެ.
ވީ ކިހިނެއް؟ - މިހާރު ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ 'ޓެކްސީވޭ ޗާލީ' އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީއާ ހަވާލު ކުރީ މިދިޔަ 15 އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ފެށީ މިދިޔަ 10 އޭޕްރީލްގަ އެވެ.
ތަފްސީލް - އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ، ޓެކްސީވޭ ޗާލީ ތަރައްގީ ކުރަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
މަޝްރޫއުގެ ފުރަތަމަ
ފިޔަވަހީގެ މަސައްކަތް ނިންމައި އިއްޔެ ހަވާލުކޮށްފައި ވަނީ ޝެޑިއުލްއަށް ވުރެ 84
ދުވަސް ކުރިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓެކްސީވޭ ޗާލީ:
3،200 މީޓަރު ދިގު ޓެކްސީވޭ ޗާލީ ތަރައްގީ ކުރީ 1976 ވަނަ އަހަރު
އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެންމެ ފުރަތަމަ ރަންވޭ
މި ރަންވޭއަށް ވައިޑްބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް ތަރައްގީ ކުރީ 1981 ވަނަ އަހަރު
އެއަށް ފަހު ރަންވޭ
ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައިވޭ
2004ގެ ސުނާމީ
ކާރިސާއަށް ފަހު ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އަވަސް އަވަހަށް މަރާމާތު
ކުރަން ޖެހުނު
މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރީ އޮކްޓޯބަރު 2022ގައި؛ އެއީ މިހާރު ބޭނުން ކުރަމުން އަންނަ ކޯޑް-އެފް ރަންވޭ ހުޅުވުމުން
ޓެކްސީވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ކުރާ ހަރަދެއް އެމްއޭސީއެލް އިން ހާމައެއް ނުކުރޭ
ވީއައިއޭގެ 'ޓެކްސީވޭ ޗާލީ' ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ