ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ. ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު އަމާޒުވާ ދަތުރުގައި ރަނިލް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮތް ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކަށެވެ. އޭނާ މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 23، 2023 ގަ އެވެ.މި މައްސަލަ ތަހުގީގުކުރަމުންދާ އިންވެސްޓިގޭޓަރުންނާ ހަވާލާދީ ލަންކާގައި ނިއުސްވަޔާގައި ވަނީ، ރަނިލް ލަންޑަނަށް ވަޑައިގެންނެވީ އެހެން ގައުމުތަކަކަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިން ކަމަށެވެ.ރަަނިލް ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ވެރިކަން ކުރައްވައިފަ އެވެ. އަދި އޭނާއަކީ ސްރީލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި ފަހުން ހައްޔަރު ކުރި އެންމެ މަތީ ސިޔާސީ ޝަހުސިއްޔަތެވެ. މިހާރުގެ ރައީސް އަނޫރާ ކުރާމަ ޑިސެނަޔަކަ ކާމިޔާބުކުރެއްވި އިންތިހާބާ އެކު ވެރިކަން ގެއްލިވަޑައިގަތް ރަނިލް ވަނީ އެތައް ފަހަރަކު ބޮޑުވަޒީރުކަން ވެސް ކުރައްވައިފަ އެވެ. އަދި ކެބިނެޓްގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ. ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ