އުރީދޫ މަސް ރޭހުގެ ފުރަތަމަ ބުރު ހުރާގައި ފަށައިފި
އުރީދޫ މަސްރޭހުގެ ފުރަތަމަ ބުރު ކ. ހުރާގައި މިއަދު ފަށައިފިއެވެ. މި ބުރު މިއަދު މެންދުރު ފަހު 02:00 ޖެހީއިރު ފެށިއިރު، ޖުމުލަ 19 ޓީމު ބައިވެރިވެފައިވާ ކަމަށް އުރީދޫއިން ބުންޏެވެ. މި މުބާރާތް ހުރާގެ އިތުރަށް ށ. ފުނަދޫގައި ބާއްވަން އުރީދޫން ވަނީ ނިންމާފައެވެ. މިގޮތުން، ފުނަދޫގައި ނިންމާފައި އޮތީ، އަންނަ ހުކުދު ދުވަހެވެ. މި ރޭޙުގައި އުރީދޫއިން ހިމެނީ 12 މީހުން ހިމެނޭ ޓީމުތަކެވެ. https://x.com/OoredooMaldives/status/1958839794991026603 އެގޮތުން، ރޭހުގައި ކޮންމެ ރަށަކުން އެއްވަނައާއި ދެވަނައިގެ އިތުރަށް ތިންވަނަ ހޮވުމަށް ވަނީ އުރީދޫއިން ވަނީ ނިންމާފައެވެ. މީގެ އިތުރަށް، މި މަސް ރޭހާ ގުޅިގެން އުރީދޫ އެޕްގައި ވަނީ ގޭމެއް ފަށާފައެވެ. އުރީދޫ މަސް ރޭސް: ފުރަތަމަ ބުރު ވަނީ ފަށާފައި -- ފޮޓޯ/ އުރީދޫ މި ގޭމުގައި ބައިވެރިވުމަށް އުރީދޫގެ އެޕަށް ވަދެ، އުރީދޫ މަސް ރޭހަށް ކްލިކުކޮށްލުމުން ބައިވެރިވެވޭއިރު، ގޭމުގައި ހިމެނޭ ޓީމުތަކުގެ ނަންތަކަކީ އުރީދޫ މަސްރޭހުގައި ވާދަކުރާ އަސްލު ޓީމް ނަމްބަރުތަކެވެ. އެގޮތުން، ގޭމުގައި ބޭނުންވާ ޓީމެއް ޚިޔާރުކޮށް އޮންލައިންކޮށް ކުޅެވޭއިރު، ގޭމުގައި ހިފާ ކޮންމެ މަހަކީ އެއް ޕޮއިންޓު ކަމަށް ބަލައެވެ. މި މަހުގެ 20ވަނަ ދުވަހުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އުރީދޫ ސުޕައެޕުން މި ގޭމު ކުޅެގެން އެއްވަނައަށްދާ މީހަކަށް ޑައިވާ ސޮލްޓިގާ ރީލެއް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ