އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކަކީ މީގެ ކުރިން އަބްދުއްރަހްމާންއާ މައްސަލަތަކެއް ޖެހިފައިވާ މީހެއްކަން އެނގިއްޖެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އއ. މާޅޮަސް، ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ.
އެ މީހުންގެ ތެރެއިން ވިސާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.
އެ މައްސަލައިގެ މައުލޫމާތު ހޯދުމަށް ޖުލައި 13، ގައި އެ ރަށަށް ދިޔަ އަދަދު ގެ ނޫސްވެރިންނަށް މާޅޮހުގެ އެކި މީހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އާޝިދުއަކީ އަބްދުއްރަހްމާންގެ އާއިލާއާ މައްސަލަތަކެއް މީގެ ކުރިން ޖެހިފައިވާ މީހެކެވެ.
އެގޮތުން އާޝިދުގެ އާއިލާ މީހަކަށް އަބްދުއްރަހްމާންގެ ދަރިއަކު ދިން ފައިސާތަކެއް އަނބުރާ ދޭން ދެކޮޅު ހެދުމުން އުފެދުނު ދެބަސްވުމަކާއި އޭގެފަހުން އަބްދުއްރަހްމާން ސިހުރު ހެދި ކަމަށް ބުނެ އެ އާއިލާއިން ތުހުމަތު ކުރުން ހިމެނެ އެވެ.
އޭނާގެ މަރާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ އެވެ. އަބްދުއްރަހުމާނު ދިރިއުނު ގެ ކައިރީ ބޮޑު ސަރަހައްދަކާއި މޫދު ވެސް ފުލުހުން ބަލައި ފާސް ކުރި އެވެ. އަދި ފޮރެންސިކް ހެކި ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރި އެވެ.
އެގޮތުން މި ހިނގާ އޯގަސްޓު 10، ގައި ފުލުހުން ވަނީ ފަސް މީހެއްގެ ފޯނާއި އަންނައުނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރޭ ހައްޔަރު ކުރި މީހުންގެ ފޯނާއި އަންނައުނު ވެސް ހިމެނޭ ކަމަށް އެނގިފައިވެ އެވެ.
ރޭ ހައްޔަރު ކުރި އެކަކަކީ މީގެ ކުރިން އަބްދުއްރަހްމާންއާ މައްސަލަތަކެއް ޖެހިފައި ހުރި މީހެއް ރޭ ހައްޔަރު ކުރި އެކަކަކީ މީގެ ކުރިން އަބްދުއްރަހްމާންއާ މައްސަލަތަކެއް ޖެހިފައި ހުރި މީހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ