ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. އުކުޅަހުގައި ބްރާންޗެއް ހުޅުވައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބްރާންޗާއި އޭޓީއެމް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:
ރައީސް މުހައްމަދު މުއިއްޒު
ކެބިނެޓް މިނިސްޓަރުން
ބޭންކުގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު
ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ބޭންކުގެ ބޯޑު ޑިރެކްޓަރުންނާއި އިސް ވެރިން
ތަފްސީލް - އުކުޅަހަކީ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު އަދި އއ. އަތޮޅުގެ މުހިންމު އިގްތިސާދީ މަރުކަޒެކެވެ. އުކުޅަހުގައި ގާއިމްކުރި އާ ބްރާންޗުގެ ހިދުމަތް ދޭނީ ބީއެމްއެލްގެ 'އިސްލާމިކް ފައިނޭންސް ފަސްޓް' ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބުނީ ކީކޭ؟ - "އަލަށް ގާއިމްކުރެވުނު ބްރާންޗާއި އޭޓީއެމްގެ ޒަރީއާއިން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާ އެކު ލިބިގެންދާނެ،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
20 އަތޮޅުގައި 42 ބްރާންޗު
144 ސެލްފް ސާވިސް ބޭންކިން ސެންޓަރު
202 އޭޓީއެމް
އޭޖެންޓު ބޭންކިން
އެންމެ ޒަމާނީ އޮންލައިން ބޭންކިން
ބީއެމްއެލްއިން އުކުޅަހުގައި ބްރާންޗެއް ހުޅުވައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ