ހޭވައްލާއިން "ލިލީ"ގެ ލަވައެއް!

މަޝްހޫރު ބޮޑުބެރު ގުރޫޕް، ހޭވައްލާގެ އަމިއްލަ އުފެއްދުމަކަށް ކްރިއޭޓިވް ނެޓްވޯކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
‎މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކްރިއޭޓިވް ނެޓްވޯކުން ބޭއްވި "ލިލީ އިވެންޓް"ގެ ތެރެއިންނެވެ. ކްރިއޭޓިވް ނެޓްވޯކުން އުފައްދާ އަލަތު ފިލްމު، "ލިލީ" ޕްރޮމޯޓް ކުރުމަށް އުފައްދާ މި ލަވައަކީ، ހޭވައްލާ ބޮޑުބޮރު ގްރޫޕްގެ އަމިއްލަ އުފެއްދުމެކެވެ.
‎ލަވައިގެ ލިރިކްސް ހެދީ ރިބާޙް ހުސެއިން (ލިޔަން ސޮރަ)އެވެ. ލަވަ ކިޔާފައިވަނީ ހޭވައްލާގެ ދެ ތަރިން ކަމަށްވާ މުޙައްމަދު ނާއިލް އަލީ (ނާއީ) އަދި އަލީ ޔާމީން (ޔާންބެ)އެވެ. ލަވައިގެ މިއުޒިކް އަދި މެލޮޑީ ހަދާފައިވަނީ ހޭވައްލާ ސްޓޫޑިއޯއިންނެވެ.
‎ލަވައިގެ ކޮރެއޯ އަދި ވީޑިއޯ ލަވަ ޑައިރެކްޓް ކޮށްފައިވަނީ ލިލީ ފިލްމުގެ ޑިރެކްޓަރު އަޒްހާން އިބްރާހިމެވެ. ވީޑިއޯ ކުރުމުގައި އިބްރާހީމް ސަމާހު ހަރަކާތްތެރިވި އިރު އާޓް ޑިރެކްޓަރަކީ އަޙްމަދު ޝާރިފެވެ.
‎މި ލަވަ އއ. ތޮއްޑޫގައި މިހާރު ޝޫޓްކޮށް ނިމިިފައިވާއިރު ލަވައިގައި ލިލީގެ ބައެއް ކާސްޓުން ފެނިގެންދާނެއެވެ. އެގޮތުން ލިލީ ފިލްމުގެ މެއިން ލީޑް، އައިޝާގެ އިތުރުން ލީޑިން ރޯލުތަކުން ފެނިގެންދާނެ، މުޙައްމަދު އިޝްފާން، އަޙްމަދު ޝާރިފް، އަދި މަރިޔަމް ޝިމާ ވެސް މި ލަވައިން ފެނިގެންދާނެއެވެ. ލަވައިގައި ހޭވައްލާ ބޮޑުބެރު ގްރޫޕްގެ ބެރުވެރިންނާއި ނެށުންތެރިން ފެނިގެންދާނެއެވެ.
‎މިއަހަރު ބޭއްވި ބޮޑުބެރު ޗެލެންޖުގައި އެންމެ ގިނަ ވޯޓު ހޯދައިގެން ބެލުންތެރިންގެ އެންމެ މަޤްބޫލު ގްރޫޕްގެ ގޮތުގައި ހޮވުނު ހޭވައްލާއިން މިފަހުން ވަނީ ކީއްވެހޭ ނަމުގައި ލަވް މެޝަޕެއްވެސް ނެރެފައެެވެ. އެ ވީޑިއޯއަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ