އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މެގަ ސޭލް ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސުން 'މެގަ ސޭލް ޕްރޮމޯޝަން'ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.އެސްޓީއޯއިން ބުނީ މެގަ ޕްރޮމޯޝަންގެ ދަށުން ތަފާތު ދެ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން 500ރ. އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. ލަކީ ޑްރޯގެ ގުރުއަތުން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި ފަރާތްތަކަށް އަގުހުރި ގިނަ އިނާމު ތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށައަޅާފައިވަނީ ފިލިޕްސް 50 އިންޗިގެ ޓީވީއަކާއި ހިޓާޗީ މައިކްރޯވޭވް އަދި ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި އެކެވެ. ދެ ވަނަ އަށް ހުށައަޅާފައިވަނީ ހިޓާޗީ ވޯޓާ ޑިސްޕެންސަރަކާއި ދޮންނަ މެޝިނަކާއި ހިޓާޗީގެ ފަންކާއެކެވެ. ތިން ވަނަ އަށް ހުށައަޅާފައިވަނީ ހިޓާޗީ ޑިޝް ވޮޝާއަކާއި ރައިސް ކުކަރެކެވެ.މި ޕްރޮމޯޝަނުގައި އެސްޓީއޯގެ ހާއްސަ ސޯޝަލް މީޑިއާ ކެމްޕެއިންތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕެއިނުގައި ބައިވެރިވުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯ ކުރުމަށްފަހު، މި ކެމްޕެއިނަށް ހާއްސަކޮށް ޕޯސްޓުކޮށްފައިވާ ފޮޓޯތަކުގައި ހުންނަ ޕްރޮޑަކްޓުތައް ދިމާކުރާ މީހުންގެ ތެރެއިން ނަސީބުވެރި އެކަކަށް ގިފްޓް ހެމްޕާއެއް ލިބޭނެ އެވެ. އަދި މެގަ ސޭލް ދަށުން ވިއްކާ ޕްރޮޑަކްޓްތައް ގަތުމަށްފަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޭޝްޓެގް stopeopleschoice# ނުވަތަ މެގަ ސޭލަށް ހާއްސަ ކުރެވިފައިވާ ހޭޝްޓެގް MegaSalePC# އާއެކު ޕްރޮޑަކްޓްތަކުގެ ފޮޓޯ އަޕްލޯޑުކޮށްގެން ފިލިޕްސް އެއާ ފްރަޔާއެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ