ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާ ކޯޓުން ދޫކޮށްލައިފި އެވެ.
އެ ޒުވާނާ ހައްޔަރުކުރީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކުން ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ އެކްސް ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައެވެ.
ސ،ހިތަދޫ / އަތަމާވިލާ، އަލީ ޢާނިމް މުފީދު (29އ) އެވެ. އޭނާ ހައްޔަރު ކުރީ ރޭ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ބުންޏެވެ.
ޢާނިމްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި:
* ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު - ޓީ.ވީ، ރޭޑިއޯ އަދި އިންޓަރނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން - 10 ވަނަ މާއްދާގެ (ހ) ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.
* ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން - 615 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.
* ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން.
ނަމަވެސް ފުލުހުން ދެންމެ ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށެވެ.
ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ