މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ އެމްބިއުލަންސް ޚިދުމަތްތަކުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ތިން ފަންގިފިލާގެ ހާއްސަ އިމާރާތެއް ތަރައްގީކުރާނެއެވެ.
މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ދުއްވާ ހަ އެމްބިއުލަންސްގެ ޚިދުމަތް، ފުރަތަމަ ފަހަރަށް އެއް މަރުކަޒަކުން ވިލަރެސްކޮށް ބަލަހައްޓަން ފަށާނެއެވެ. ޖީޕީއެސް މެދުވެރިކޮށް އެމްބިއުލަންސްތައް ހުރި ތަންތަން ދެނެގަނެވޭނެހެން ޑިޖިޓަލް ޑިސްޕެޗް ނިޒާމެއް ގާއިމުކުރާނެއެވެ. މީގެ ސަބަބުން ކުއްލި ޙާލަތްތަކުގައި އެންމެ ގާތުގައި އޮންނަ އެމްބިއުލަންސް ފޮނުވައިދިނުމަށް މަގުފަހިވާނެއެވެ.
މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކޮންމެ ސަރަހައްދަކުން އެހީއަށް އެދުނު ކަމުގައިވިޔަސް، 7 މިނެޓު ނުވަތަ އެއަށްވުރެ އަވަހަށް އެމްބިއުލަންސް ފޯރުކޮށްދިނުމެވެ. މިއީ އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެކެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރާންސްޕޯޓް ކޮމްޕްލެކްސްއެއް ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ