އައިކެއާ އޮޕްޓިކަލްސްއިން ޖުލައި މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ވަރަށް ހާއްސަ އަދި އަގުހުރި ދެ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
މި މަހަށް ހާއްސަކޮށްގެން އައިކެއާއިން ހުށަހަޅާފައިވާ ފުރަތަމަ އޮފާ އަކީ ނަންބަރު އައިނު ގަންނަ ކަސްޓަމަރުންނަށް ހާއްސަ އޮފާއެކެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދެ އައިނެއް ގަތުމުން، އޭގެ ތެރެއިން އެއް ފްރޭމުން 30 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ. އައިކެއާއިން މައުލޫމާތު ދޭ ގޮތުގައި މި ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން މީހަކަށް ހަދިޔާކުރުމަށް ވެސް ނެގިދާނެ ފްރޭމެކެވެ. އެހެންކަމުން، މިއީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ފްރޭމްތައް ހެޔޮ އަގުގައި ގަތުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން އައިކެއާ އިން ވަނީ ފާހަގަކޮށްފައެވެ.
https://x.com/EyecareMaldives/status/2077288204613615979
ދެވަނަ އޮފާގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް ލެންސާ އެކު ފްރޭމް ގަންނަ ކަސްޓަމަރުންނަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެއެވެ. ޒައިސް ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ހާއްސަކޮށް، ހުރިހާ ދުރުމިނަކުން ވެސް ލޮލަށް ފަސޭހަކަމާއެކު ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ މަތީ ފެންވަރުގެ ލެންސެކެވެ. މި ދެ ޕްރޮމޯޝަނަކީ ވެސް އެއް ޓްރާންސެކްޝަނެއްގެ ތެރެއިން އެއްފަހަރާ ބޭނުންކުރެވޭނެ އޮފާތަކެއްކަން ފާހަގަކޮށް އައިކެއާއިން ބުނީ، އައިކެއާގެ މެންބަޝިޕް ގެންގުޅުއްވާ ފަރާތްތަކަށް މެންބަޝިޕްގެ ފައިދާތައް ވެސް މި އޮފާތަކާ އެކު ލިބިގެންދާނެއެވެ.
މި ހާއްސަ ޕްރޮމޯޝަން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށް ދާނެއެވެ،
އައިކެއާ އާއި ‘ޒައިސް’ ގުޅިގެން އެންމެ ފަހުގެ ލޮލުގެ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކޮށްފި މިއީ އައިކެއާގެ “ވިން އަ ރަމަޟާން އުމްރާ ޓްރިޕް” ގައި ބައިވެރިވުމުގެ ފަހު ހަފްތާ! އައިކެއާ އިން ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން ބާއްވާ ކުރެހުމުގެ މުބާރާތަށް ކުރެހުން ހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ