ރަހުމު ކުޑަ އަނިޔާތަކެއްދީ އއ. މާޅޮހުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަރާލާފައިވާ އޮއްވާ ފެނުނު އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފި އެވެ.
އެނގުން މުހިންމު - އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މި މަހުގެ 17ވަނަ ދުވަހު އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނި ގޮތުގައި އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިރޭ 7:50 އެހާއިރު މާލެ ގެނެސް މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ.
އޭނާގެ ޖަނާޒާ ބާއްވާނޭ އިރެއް އަދި ފުލުހުން ނުބުނެ އެވެ.
އަބްދުއްރަހުމާނު މަރުވީ އޭނާ އަށް ލިބުނު ޒަހަމްތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދިނީ ގޭގައި ނިދާފައި އޮއްވަ އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި:
ހަމަލާދިން އިރު ގޭގައި އުޅެނީ އުމުރުން ދުވަސްވީ ދެމަފިރިން އެކަނި
ރޭ ދެމީހުން ނިދާފައި އޮތީ ވެސް ދެ ކޮޓަރިއެއްގައި
ފިރިހެން މީހާއަށް ހަމަލާދީފައި އޮތީ އޭނާ އަރިއަކަށް އޮއްވައި
ސިއްހީ މަރުކަޒަށް ގެންދިޔައީ، އަނބިމީހާ އާއި އިތުރު ބަޔަކު ވެގެން
އޭނާގެ މަރުގެ ތުހުމަތުގައި މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެ މީހުންގެ ތިން ދަރިން ތިބޭއިރު، ދިރިއުޅެނީ ރަށުން ބޭރުގަ އެވެ.
މި މައްސަލައިގައި ތަހުގީގަށް، އެ ރަށަށް އަރާ ފައިބާ މީހުން މިހާރު ފުލުހުން ދަނީ މޮނީޓާ ކުރަމުންނެވެ. މާޅޮހުގެ ބައެއް ތަންތަން ބަލައިފާސްކޮށް މީހުންނާ ފުލުހުން ސުވާލުކުރަމުންދާއިރު، ގާތިލުގެ ތުހުމަތުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
އަބްދުއްރަހުމާނުގެ ހަށިގަނޑު ޕޯސްޓުމޯޓަމަށް ފަހު މާލެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ