އުމްރާވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ފްލައިޓްތަކެއް
އުމްރާވެރިންގެ ދަތުރުތައް ފަސޭހަކޮށްދިނުމުގެ ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަނުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ ފްލައިޓްތަކެއް ބާއްވަން ހަމަޖައްސައިފިއެވެ. މޯލްޑިވިއަންއިން ބުނީ މި މަހުގެ ތެރޭގައި 750އަށް ވުރެ ގިނަ ފަސިންޖަރުން ގޮވައިގެން ސީދާ ދަތުރުތައް ޖިއްދާއަށް ކުރާނެ ކަމަށެވެ. އެގޮތުން ތިން ފްލައިޓެއް އޮޕަރޭޓް ކުރާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. އޭގެ ތެރެއިން ފުރަތަމަ ފްލައިޓް ފުރީ މިއަދެވެ. އުމްރާވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ފްލައިޓްތަކެއް ބާއްވަނީ -- ފޮޓޯ/ މޯލްޑިވިއަން މިއީ މޯލްޑިވިއަން އިން އަލް މުސާފިރު ހައްޖު އެންޑް އުމްރާއާ ގުޅިގެން އުމްރާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. އުމްރާވެރިން ގޮވައިގެން ފުރާ އަނެއް ދެ ފްލައިޓަކީ ހައްޖު ކޯޕަރޭޝަނާ ގުޅިގެން ބާއްވާ ދެ ފްލައިޓް ކަމަށް އެ ކުންފުނިން ބުންޏެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި މި އުމްރާ ދަތުރުތައް އޮޕަރޭޓް ކުރާނީ މުޅިން ވެސް މޯލްޑިވިއަންގެ ކްރޫއިންނެވެ. އެކަމުގެ ސަބަބުން ދިވެހި ދަތުރުވެރިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އުމްރާވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ފްލައިޓްތަކެއް ބާއްވަނީ -- ފޮޓޯ/ މޯލްޑިވިއަން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ދިވެހި ހައްޖުވެރިންނަށް ފަސޭހަކަމާއި ހިތްހަމަޖެހުމާއެކު އުމްރާގެ އަޅުކަން އަދާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ހައްޖު ކޯޕަރޭޝަނާއި އަލް މުސާފިރާ ގުޅިގެން ފުރަތަމަ އުމްރާ ދަތުރުތައް ފެށުމަކީ އެ ޚިދުމަތް ފުޅާކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރު ހައްޖަށް ދިޔަ މީހުންނަށް ވެސް ބޮޑު ލުއިފަސޭހަތަކެއް ސަރުކާރުން ހަމަޖެއްސިއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު އަށް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. އޭގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި, ވަގުތުން ހޮޓަލަށް ދެވުނެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބުނީ ސީދާ ހޮޓަލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ