ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓް ޕްރޮގްރާމުގެ ދަށުން މިއަހަރު ހިލޭ އެހީ ދޭ ފަރާތްތައް އިއްޔެ އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ޕްރޮގްރާމުގެ ދަށުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތައުލީމާއި ތަމްރީންދޭ ފަރާތްތަކުން އިޖުތިމާއި ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކަށް، ކޮންމެ ބަޔަކަށް 200،000ރ.އާ ހަަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ތަފްސީލް - މި އަހަރު 4 ފަރާތަކާ އެކު އިއްޔެ ވަނީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ ފަރާތްތަކާއި ހިންގާނެ ޕްރޮގްރާމްތަކަކީ:
މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަން - ގައިޑިން ޖެނެރޭޝަންސް
ދަ އީކޯ އޯގަނައިޒޭޝަން - ޕްރޮޖެކްޓް ހޭވަން
ޑައިބެޓީޒް ސޮސައިޓީ އޮފް ދަ މޯލްޑިވްސް - ޑައިބެޓީޒް އެޑިއުކޭޓަ ކޯސް 2
މާއްޓޭ ސްޕޯޓްސް - ބިލްޑިން ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކޮމިއުނިޓީސް
ފާހަގަކޮށްލެވޭ - މިއީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާއީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ތައާރަފުކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގެ 2 ލައްކަ ރުފިޔާގެ އެހީ ލިބޭ 4 ފަރާތް ހޮވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ