ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން ބާއްވާ ފުރަތަމަ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) މި މަހު 31ގައި 1500އަށް ވުރެ ގިނަ ގޭމް ކުޅުންތެރިންނާ އެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ތަފްސީލް - މި ޗެމްޕިއަންޝިޕް:
އަންނަ މަހު 2ގެ ނިޔަލަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދާނެ
އެފްސީ 25 އަދި ރޮކެޓް ލީގް ޓޯނަމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 27ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށްގެންދާ މި މުބާރާތުން ވަނަވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 170،000ރ.ގެ އިނާމު ދޭނެ
ޑީއެމްޖީސީ 2025ގައި ހިމެނޭ މައިގަނޑު ގޭމިން މުބާރާތްތަކުގެ އިތުރުން ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. އެގޮތުން:
ރޭސިން ސްޓިމިއުލޭޓަ ޒޯން
ވާޗުއަލް ރިއާލިޓީ (ވީއާރު) ޒޯން
ފްރީ ޓު ޕްލޭ ޒޯން
ފާހަގަކޮށްލެވޭ - ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމަށް ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އަދި ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގު ގޭމިން ކޮންކުއެސްޓް 1500 ކުޅުންތެރިންނާ އެކު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ