ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ: ފައްޔާޒް
ދޮގު ހަބަރެއް ވިޔަސް ތެދު ހަބަރެއް ވިޔަސް، އެ ކަމާ ގުޅުވައިގެން ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ރޭ ވިދާޅުވެއްޖެ އެވެ.ސަންގު ޓީވީގެ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، މި ދުވަސްވަރަކީ ނޫސްވެރިކަމަށާ، މައުލޫމާތު ހޯދުމަށްވެސް އެންމެ ގިން ދަތިތަކާ ކުރިމަތިވަމުންދާ ދުވަސްތައް ކަމަށެވެ. އެގޮތުން މިދިޔަ ދޮޅުއަހަރެއްހާ ދުވަސްތެރޭ ނޫސްވެރިކަމާ ގުޅޭ ގިނަކަންކަން ހިނގާފައިވާ ކަމަށާ، މަޖިލީހުގެ ތެރެއިން ނޫސްވެރިކަމާގުޅޭ ގިނަ ގާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. މިއާއެކު ފައްޔާޒު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި، އަދަދު ނޫހުން ހެދި ވީޑިއޯ އަކާއި ގުޅިގެން އެ ނޫހުގެ އޮފީސް ބަލައިފާސްކޮށް ނޫހުގެ ވެރިންނާ ދެކޮޅަށް ޖިނާޢީ ދައުވާ ކުރާ މައްސަލައަށް އަލިއަޅުވާލައްވާފަ އެވެ. އަޅުގަނޑު އަބަދު ވެސް ގަބޫލުކުރަނީ ދޮގު ހެދިކަމުގައި ވިޔަސް، ތެދު ހެދިކަމުގައި ވިޔަސް، ނޫސްވެރިންނާ ދޭތެރޭގައި ޖިނާއީ ފިޔަވަޅު އެޅިގެން ނުވާނެ ކަމަށް،" ފައްޔާޟް ވިދާޅުވިއެވެ."ޑިމޮކްރަސީ ހިފެހެއްޓުމަށްޓަކައި ހުދުމުހުތާރު ވެރިންގެ ކިބައިން ރައްޔިތުން ސަލާމަތްކުރަން ނޫސްވެރިކަން ތަންމިނަށް ހުޅުވިފައި އޮންނަންޖެހޭ،"އެކަމަކު، އެއްވެސް ހާލެއްގައި އޭނާ އެހެން ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުން ރަނގަޅުވެގެން ނޫން ކަމަށް ފައްޔާޟް ވިދާޅުވިއެވެ. އޭނާ ވަނީ ނޫސްވެރިންނާ ދޭތެރޭ ޖިނާއީ ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.ފައްޔާޟް ވިދާޅުވީ، ނޫސްވެރިކަން މިނިވަން ނޫން ނަމަ، ތެދު ބުންޏަސް ޚުދުމުޚުތާރު ވެރިން މަސައްކަތްކުރާނީ ނޫސްވެރިންގެ އަނގަ ބަންދުކުރަން ކަމަށެވެ."އެކަން ކުރާނީ ނޫސްވެރިން ސިވިލް ސޮސައިޓީގެ ފަރާތުން، އެކަން ކުރާނީކީ ސަރުކާރުން ނުކުމެ ކްރިމިނަލް ދައުވާތައް އުފުލައިގެނެއް ނޫން،" ފައްޔާޟް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ