ފައިސާ ނެތިގެންކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ހުށަހަޅައިފި

އިންތިޚާބެއް ބޭއްވުމަށް ބޭނުންވާ ފައިސާ ނެތިގެން ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބު ފަސްކުރަން، އެޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޣަފޫރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެތެރޭގެ ދެ އިންތިހާބު ބާއްވަން ބޭނުންވާ ފައިސާ ނެތުމާއި، މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ފެންނާތީވެ، އިންތިޚާބު ފަސްކޮށްދިނުމަށް ހުށަހަޅާ ކަމުގައެވެ.
އިންތިޚާބު ފަސްކުރަން ޣަފޫރު ހުށަހެޅުއްވިއިރު، ޗެއާޕާސަންކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ސަޕޯޓަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރެވެމުންނެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ވެސް، ކުރީގެ ރައީސް ސޯލިހާއި، މީކާއިލް ނަސީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކާފައި ވެއެވެ. އަދި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި، ވަގުތީ ޗެއާޕާސަން ޣަފޫރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައްވެސް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ