ސިޔާސީ އެކި ކަންކަމުގައި ކުޑަކުދިން ބައިވެރި ނުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެންމެހާ ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފިއެވެ. މިނިސްޓަރު އިހުސާން މިގޮތަށް އިލްތިމާސް ކުރެއްވީ ސިޔާސީ ހަރަކާތްތަކުން ކުޑަކުދިން ދުރުހެލިކުރުމުގެ މުހިންމުކަން ހާމަކުރައްވަމުންނެވެ.
ވަޒީރު މިފަދައިން އެދިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭނެއްގެ ތެރެއިން ތުއްތު ދެ ކުދިން ކައިރީގައި ބައިތިއްބައިގެން ސިޔާސީ ވާހަކަތަކެއް ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯއާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނަކީ މި ދުނިޔޭގައިވެސް ނެތްހާ ފިތުނަވެރި، އަދި އާބާދީ ކުޑަވުމުގެ ސަބަބުން އެހެން އެއްވެސް ގައުމެއްގެ މުޖުތަމައުއަކަށް ނުކުރާހާ ބޮޑެތި ގެއްލުންތައް ކުރުވާ މާހައުލެއް ކަމަށެވެ.
އެހެންކަމުން މިފަދަ ނުރައްކާތެރި މާހައުލެއްގައި ހިންގާ ސިޔާސީ ކަންކަމުގައި ތުއްތު ކުދިން ބައިވެރި ނުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އާދަކާދައިގެ ދަށުން ކުޑަކުދިން ބައިވެރިވާ މާހައުލެއްނަމަ، އެތަނެއްގައި ބޭނުންކުރާ ބަސްމަގާއި ދައްކާ ވާހަކަތަކަކީ އެ ކުދިންނަށް ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ވާހަކަތަކަކަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ރައީސަށް ޒިނޭގެ ތުހުމަތުކުރި މައްސަލަ ބެލުމަކީ ފުލުހުންގެ މައްޗަށް އޮތް ވާޖިބެއް: އިހުސާން ކުޑަކުދިންނަށް ރޯދައިގެ މާނަ ދަސްކޮށްދޭނެ ފަސޭހަ ގޮތްތަކެއް ގޭގައި ބަންދުވެފައި ތިބުމުން ކުދިންގެ ލޮލަށް ގެއްލުންވޭ މައުލޫމާތު ހާމަކުރުމަކީ ހަރަދު ބޮޑު މަސައްކަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ