ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙު ކުރައްވައިފިއެވެ.
މި ނިންމެވުމަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމެވެ.
ސަރުކާރުގެ ނިންމެވުމުގައިވާ ގޮތުން، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވެ، ރަސްމީކޮށް ރަޖިސްޓަރީވެ ނިމުމުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކުރެވޭނެއެވެ. މިއީ އެ ރަށުގެ ރައްޔިތުން އެއްކޮށް އެހެން ރަށަކަށް ހިޖުރަކުރުމުގެ މަރުޙަލާގެ ފަހު ފިޔަވައްސެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ވަކި އުޞޫލެއްގެ މަތިންނެވެ. އެގޮތުން، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވެ ނިމުމުން، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެން މި އިޞްލާޙަށް ޢަމަލުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރަކުން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ