އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުން ލަސްކުރުން: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، ސްކޭމްގެ މައްސަލަތައް ތަހުގީގުކޮށް ފައިސާ ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝިކާރައަކަށްވާ މީހުން އެކަން ރިޕޯޓުކުރުން ލަސްވުން ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ.
ސްކޭމްތައް ދުރާލައި ދެނެގަނެ، އާންމުން ހޭލުންތެރިކުރުވުމަށް އެންޓި-ސްކޭމް ސެންޓަރާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް ރިޕޯޓުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ