މާފަންނުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ހައްލު ކޮށްފި

‏މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު މައްސަލަ ހައްލު ކޮށްފިއެވެ.
މީގެ 30 މިނެޓް ކުރިން މާލޭގެ މާފަންނުގެ ބައެއް ސަރަހއްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ، ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި މައްސަލަ ދެނަގަނެ ވީއެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މީގެ 30 މިނެޓް ކުރިން ދަރުމަނަވަންތަ ހޮސްޕިޓަލުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ އިރު، ލިފްޓްވެސް ވަނީ 6 ވަނަ ފަންގިފިލާގައި ހުއްޓިފައި ކަމަށް މައުލޫމާތު ލިބެއެވެ. އެކްސްކަލޭޓަރު މަސައްކަތް ނުކުރާ އިރު، ޑޮކްޓަރުން ވަނީ ބަލި މީހުން ބެލުން ވެސް މެދުކަނޑާލާފައެވެ.
ދަރުމަވަންތައިގެ މަތީ ފަންގިފިލާތަކަށް އަރާ ފޭބުމުގައި ދަތިތަކެއް ހުރި އިރު، އެ އިމާރާތުގެ ސިޑި ބޭނުން ކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ހޮސްޕިޓަލުގެ ސްޓާފުންނަށް ކަމަށް އެތަނުގައި ތިބި މީހުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިޔަ އިރު، ބެކްއަޕެއް ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް ކަރަންޓު ކެނޑިގެން ހިދުމަތް ފޯރުކޮށް ދިނުމަށް ބުރޫ އެރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް މިހާރު ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ކަރަންޓުގެ ހިދުމަތް ލިބިފައެވެ. އަދި މެދުކެނޑުނު ހިދުމަތްތައް އަލުން ލިބްމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ