ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ "ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7" ގެ ގަދަ 5 ބައިވެރިން ހޮވައިފިއެވެ.
މުބާރާތުގެ 7 ވަނަ ބުރުގައި ވާދަކުރި 7 ބައިވެރިންގެ ހުށަހެޅުމަށްފަހު ގަދަ 5 އިޢުލާންކޮށްފައިވަނީ ޖޫން 26 ވަނަ ދުވަހު ގެނެސްދިން ޝޯވގެ ތެރެއިންނެވެ.
މުބާރާތުގެ 7 ވަނަ ބުރުގައި ބައިވެރިންވަނީ މާލެ ސަރަޙައްދުގެ އެކި ތަންތަނަށް ގޮސް އެތަންތަން ސިފަކޮށްދިނުމާއެކު އިންޓަވިއުއެއް ކޮށްފައެވެ. މި ހުށަހެޅުމަށްފަހު ފަނޑިޔާރުންގެ މާކްސްއާއި އާންމުންގެ ވޯޓުން އެންމެ މަތިން މާކުސް ލިބުނު 5 ބައިވެރިން ވަނީ މުބާރާތުގެ ގަދަ ފަހެއްގައި ހިމެނިފައެވެ.
ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން7ގެ ގަދަ ފަސް ބައިވެރިންނަކީ:
- ނަފްޙާ ނަސީމް، ރ.ފައިނު، އައްސޭރި
- ޙައްވާ ޝީން އަޙްމަދު، ގއ.ވިލިނގިލި، ފިނިފެންޖަންބުގެ
- މަރްޔަމް ޝަހާމާ، ހއ.އިހަވަންދޫ، ބުލްބުލާގެ
- ޙުސައިން ރަޝީދު، އއ.މަތިވެރި، އަތިރީގެ
- މަރްޔަމް ޘާނީ، ށ.މިލަންދޫ، އަންނާރުމާގެ
މި މުބާރާތުގެ ގަދަ ފަސް ބައިވެރިންގެ އެންމެ ފަހު ހުށަހެޅުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭނީ ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ޖަހާއިރުއެވެ. ގަދަ ފަސް ބައިވެރިންގެ އެންމެ ފަހު ހުށަހެޅުން ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދޭނީ ޖޫން 28ވާ އާދީއްތަ ދުވަހުގެ މެންދުރު 14:30 ގައެވެ.
މުބާރާތުގެ ފައިނަލް ހުށަހެޅުމަށްފަހު ބައިވެރިންނަށް ވޯޓު ދިނުމުގެ ފުރުޞަތު ޕީއެސްއެމް އެއަރ މެދުވެރިކޮށް ޖުލައި 5ވަނަ ދުވަހުގެ ރޭގަނޑު 11 ޖެހުމާ ހަމަޔަށް އޮންނާނެއެވެ.
ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ޓައިޓަލް ކާމިޔާބު ކުރާ ފަރާތަށް 50،000 ރުފިޔާގެ ފައިސާގެ އިނާމާއި، އެއްއަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު، އަދި ފަރީ ޙައްޖު އުމްރާއިން ދޭ ޢުމްރާ ދަތުރެއް ލިބޭނެއެވެ.
ރޭޑިޔޯ ޕްރޮގްރާމް ހުށަހެޅުމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮންޕެޓިޝަނަކީ ރިއަލިޓީ ޝޯވއެކެވެ. ރޭޑިޔޯގައި ޕްރެޒެންޓަރަކު ކުރަންޖެހޭ ތަފާތު މަސައްކަތްތައް ބައިވެރިން ކުރަންޖެހޭގޮތަށް ކުރިއަށް ގެންދާ މި ރިއަލިޓީ ޝޯވގައި ކޮންމެ ހަފުތާއަކުވެސް ދެ އެޕިސޯޑް ގެނެސްދޭނެއެވެ. އެއީ، ރޭޑިޔޯގެ އެކި ފޯމެޓުތަކުގެ ހުށަހެޅުންތައް ހުށަހަޅައިދޭ އެޕިސޯޑާއި، މުބާރާތުން ވަކިވާ ބައިވެރިން އިއުލާން ކުރާ އެލިމިނޭޝަން ޝޯވއެވެ.
އުފާވެރިކަމާއި ހިތާމައިގެ އިހުސާސްތަކުން ފުރިގެންވާ މިރިއަލިޓީ ޝޯވއަކީ، ބައިވެރިންގެ އާއިލާތަކާ މިތުރުންނާ މަސައްކަތް ކުރާ މާހައުލުގެ އެކުވެރިންގެ ކުއްލި ފެނިލުންތަކާއި އެމީހުންގެ އުފާވެރި ވާހަކަތައް އެކުލެވޭ އަސަރުން ފުރިގެންވާ ޝޯވއެކެވެ.
ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ސީޒަން 7 ގެ ފައިނަލަށް 5 ބައިވެރިން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ