ތާއީދުކުރެއްވި ހުރިހާ ފަރާތްތަކަށް މޫސާ އަލީ ޖަލީލް ޝުކުރު ދަންނަވައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، މާލެ ސިޓީގެ މޭޔަރަކަށް ސަރުކާރުން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ފަރާތުން ކުރިމަތި ލެއްވި މޫސާ އަލީ ޖަލީލް، އެ އިންތިޚާބުގައި އެބޭފުޅާއަށް ތާއީދުކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
ވާދަވެރި އިންތިޚާބު، މޫސާ އަލީ ޖަލީލާއި ވާދަކޮށް ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި، މިހާރުގެވެސް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.
މޫސާ އަލީ ޖަލީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވައި، ބޮޑު އެހީތެރިކަމެއް ދެއްވި ކަމަށްޓަކައި، ޕީއެންސީގެ ރައީސް، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށާޢި، ޕާޓީގެ ލީޑާޝިޕަށާއި، އަދި އެއްމެހާ މެމްބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން، މި އިންތިޚާބުގައި އެބޭފުޅާ އަށް ތާއީދުކުރައްވައި، ވޯޓް ދެއްވެވި ހުރިހާ ރައްޔިތުންގެ މަތިން އަބަދުވެސް ހަނދާން ބަހައްޓަވާނެކަމަށްވެސް މޫސާ އަލީ ޖަލީލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށްވެސް މޫސާ އަލީ ޖަލީލް ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ