އިލެކްޝަންސް ކޮމިޝަނުން އެޕްރީލް 4، ގައި އޮންނަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ކައުންސިލް އިންތިހާބަށް ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ރެފެރެންޑަމްގައި ގިނަ ބަޔަކަށް ވޯޓު ލެވޭނެ ގޮތް އިލެކްޝަނުން ހަމަޖައްސައިނުދީ، އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
"ދެން އަޅުގަނޑުމެންނަށް މި ފެނިގެންމިދަނީ ރެފެރެންޑަމް ވޯޓާ ގުޅިގެން ރާއްޖޭގައި ހުރިހާ ރައްޔިތުންނަށް މި އިންތިހާބުގައި ވޯޓުލެވޭނެ ގޮތް ހަދައިދިނުމާއެކުގައި އަދި މި އިންތިހާބާ ގުޅިގެން ހޭލުންތެރިކުރުމުގެ އެއްވެސް މަސައްކަތެއް އިލެކްޝަނުން ކުރަމުން ނުދާތީވެ އެ ކަންބޮޑުވުން،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އިންތިހާބާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް މުޅި ރާއްޖެއަށް އިލެކްޝަނަށް ފޯރުކޮށް ނުދެވޭ ކަމަށާއި ހޭލުންތެރިކުރުމަށް އެއްވެސް ވަރަކަށް ޕްރޮގްރާމެއްވެސް ނުހިންގާ ކަމަށެވެ.
"ހާއްސަކޮށް މި އިންތިހާބާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އިލެކްޝަނުގެ ފަރާތުން ނުދެވޭ މައްސަލަ އަދި މިކަމާ ގުޅިގެން ރާއްޖޭގައި އެކި ކަންކޮޅުތަކުގައި އިލެކްޝަންއަށް މި ކެމްޕެއިން، މި މައުލޫމާތު ހިއްސާނުކުރެވޭ މައްސަލަ،" ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށެއް ނުފެނޭ ކުރިއަށް އޮތް އިންތިހާބުގައި ހާއްސަކޮށް މި ރެފެރެންޑަމް އިންތިހާބާ ގުޅިގެން އެއްވެސް ވަރަކަށެއް އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގި އަދި އެއާ ގުޅޭ އެކަށީގެންވާ މައުލޫމާތު، ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބިގެންދާ ކަމަށް."
ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ނުދީ އިންތިހާބު ބާއްވަން އިލެކްޝަނުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާއިރު އޭގެއިން ނިކުންނަ ނަތީޖާ އިލެކްޝަނުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ ރެފެރެންޑަމްއަށް ރައްޔިތުންނަށް ހޭލުންތެރިކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޕްރޮގްރާމްތައް ހިންގާ، ޓީވީތަކުގައި ވެސް މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް އެ މަސައްކަތް ކުރިއަށް ނުދެ އެވެ.
ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ރެފެރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރޭ: އެމްޑީޕީ އިލެކްޝަންސް ކޮމިޝަނުން ރެފެރެންޑަމަށް ރައްޔިތުން ހޭލުންތެރިކުރަން އެއްވެސް ކަމެއް ނުކުރޭ: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ