ދެ ދުވަސްވީއިރު ހަބަރެއް ނުވާތީ ބެލިއިރު ދިރިއުޅޭ ގޭގައި މަރުވެފައި އޮތް މީހަކު ރ. ރަސްގަތީމުން ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުވެފައި އޮއްވާ ފެނުނީ، އެކަނި ދިރިއުޅެމުންދިޔަ އެރަށު އިބްރާހީމް ޔޫސުފުފުޅު، 55، ސޯސަންގެ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، އޭނާގެ ހާލަތު ބެލުމަަށް އެ ގެއަށް ފުލުހުން ދިޔައީ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ރޭ 9:53 އެހާކަންހާއިރު އެ ގެއަށް ވަދެ ބެލި އިރު އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހަބަރެއް ނުވާތާ 2 ދުވަސްވެގެން ބެލިއިރު މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ