ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދިނުމަށް ނިންމި ގޯތިތައް ހަވާލުކުރުމުގެ އަމަލީ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި އިމާރާތްކުރުމާއި ބިނާރާއާއި ބެހޭ ވުޒާރާ އާއި ގުޅިގެން ފަށާފައިވާ ކަމަށް އެޗް.ޑީ.ސީ އިން ބުނެފިއެވެ.
މިކަން ހާމަކޮށް، "އެކްސް" ގައި އެޗް.ޑީ.ސީ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ފޭސް 3 އަކުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް އެކުންފުނިން ފެށީ 2025 މާރިޗް 25 ވަނަދުވަހުގެ ވަގުތެއްގައި އެވެ. މިގޮތުން މިހާރު ކުރަމުން ދަނީ އެ ސަރަހައްދު ސާވޭ ކުރުމާއި، އިންފާރުތައް ވަކިކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ހުޅުމާލޭގެ ނުހިއްކާ އޮތް ފަޅުން، އެމް.ޑީ.ޕީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް، ވީހާވެސް އަވަހަކަށް، ގޯތިތަކުގެ ހައްގުވެރިންނާއި ހަވާލުކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި، އެސަރަހައްދު ހިއްކާ، މިހާރު ވަނީ އެޗް.ޑީ.ސީ އާއި ހަވާލުކޮށްފައެވެ.
ހުޅުމާލެ ފޭސް ތިނަކުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ