ހއ. މުރައިދޫ އަދި ބާރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރް.ޑީ.ސީ އާ ހަވާލުކޮށްފި

ހއ. މުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
މީގެ އިތުރުން، ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހއ. ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައިވެސް ދެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އާއި އާރް.ޑީ.ސީގެ އެމް.ޑީ އިބްރާހީމް ނަޡީމް އެވެ.
މި ދެ މަޝްރޫއަކީވެސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ. މީގެ ތެރޭގައި ހއ. މުރައިދޫގެ މަގުތައް ހެދުމާއި، ހއ. ބާރަށުގެ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އާރް.ޑީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ