މޮޓޯއެކްސްއިން ކުރިއަށްގެންދާ 'ރޯދަ ރައިޑް 2026' ޕްރޮމޯޝަން މި މަހުގެ 31 ވަނަ ދުވަހަށް ހަމަވާތީ، ޕްރޮމޯޝަންގެ ފައިދާ ހޯދުމަށް ފަހު ހަފުތާގައި ޝޯރޫމަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން ކަސްޓަމަރުންނަށް އިލްތިމާސްކޮށްފި އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން މޮޓޯއެކްސްއިން ވިއްކާ ހުރިހާ މޮޑެލްއެއްގެ ސައިކަލުން ބޮޑެތި ޑިސްކައުންޓްތަކެއް ދެމުން އަންނައިރު، 'ސީއެފްމޮޓޯ 150އެސްސީ' މޮޑެލްގެ ސައިކަލު ދުއްވާލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
މޮޓޯއެކްސްއިން ބުނި ގޮތުގައި، ޓެސްޓް ރައިޑްގެ ފުރުސަތު ދިނުމުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ސައިކަލުގެ ތަޖުރިބާ އަމަލީ ގޮތުން ކުރުމަށް ފަހު، އެންމެ ރަނގަޅު ނިންމުން ނިންމުމަށް އެހީތެރިވެދިނުމެވެ.
މި ކެމްޕޭނަކީ އަލަށް ސައިކަލު ގަންނަ ފަރާތްތަކާއި މިހާރު ގެންގުޅޭ ސައިކަލު އާ މޮޑެލްއަކަށް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޕްރޮމޯޝަންގެ ފަހު މަރުހަލާގައި އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުން ޝޯރޫމަށް ޒިޔާރަތްކޮށް، ތަފާތު މޮޑެލްތައް އަޅާބަލައި މުއްދަތު ހަމަވުމުގެ ކުރިން ގޮތެއް ނިންމުމަށް ބާރުއެޅުމަށެވެ.
މި ޕްރޮމޯޝަންގައި އެންމެ ބޮޑު ތަރުހީބެއް ލިބެމުންދާ މޮޑެލްތަކުގެ ތެރޭގައި ހިމެނޭ ސައިކަލުތަކަކީ:
ކީވޭ ވިއެސްޓެ 175
ސީއެފްމޮޓޯ 150އެސްސީ
ސީއެފްމޮޓޯ 300އެސްއާރު
މި މޮޑެލްތަކަކީ މުޅި ކެމްޕޭންގައި ވެސް ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލު އުފެއްދުންތައް ކަމަށް މޮޓޯއެކްސްއިން ބުންޏެވެ.
ފާހަގަކޮށްލެވޭ - ހުޅުމާލެ ފޭސް 1ގެ ވިލާ ފިއުލް ޝެޑްގައި ހުންނަ މޮޓޯއެކްސް ޝޯރޫމުން ސައިކަލު ވިއްކުމުގެ އިތުރުން، އާފްޓަ-ސޭލްސް ސާވިސް ނުވަތަ މަރާމާތުގެ ހިދުމަތާއި ސައިކަލުގެ ހުރިހާ ސްޕެއާ ޕާޓްސްއެއް ލިބެން ހުންނާނެ އެވެ.
މޮޓޯއެކްސްގެ ރޯދަ ރައިޑް ޕްރޮމޯޝަންގެ ފަހު ހަފުތާ: ކަސްޓަމަރުންނަށް ހާއްސަ ފުރުސަތުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ