ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ރީ ރެޖިސްޓަރވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރަޖިސްޓްރީވެފައިވާތަން ނޫން އެހެންތަނެއްގައި ރެޖިސްޓަރވުމުގެ ފުރުސަތު ގުރައިދޫ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވަނީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.
ރީރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ ކ. ގުރައިދޫ، ކ. މާފުށި، ކ. ގުޅި ރަޖިސްޓްރީވެފައިވާތަން ނޫން އެހެންތަނަކަށް ބަދަލުކުރުމަށް އެދޭ ފަރާތްތަކުން އެކަންޏެވެ.
ގުރައިދޫ ދާއިރާގައި ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ރީރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ