ސަތޭކަ މީޓަރު ހަމަނުވާ ތަންކޮޅެއްގައި 1 ކިލޯމީޓަރު މަގުހެދޭ ފައިސާ ޚަރަދުކުރި: ޝިޔާމް

ކަނބާއައިސާ ރަނި ހިނގުމުގައި، ސަތޭކަ މީޓަރު ހަމަނުވާ ތަންކޮޅެއްގައި 1 ކިލޯމީޓަރު މަގުހެދޭ ވަރަށް ފައިސާ ޚަރަދުކުރި ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ، ކަނބާއައިސާ ރަނި ހިނގުން އަލުން ހަދާ އެމަގުގައި ފެންބޮޑުނުވާނެ ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފައިވަނިކޮށް އެމަގުގައި ފެންބޮޑުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ޝިޔާމް ވިދާޅުވީ، ކަނބާއައިސާ ރަނި ހިނގުމަށް ބޮޑު ހޭދައެއް ކުރުމަށްފަހު އަލުން އެމަގު ހަދައި އެމަގުގައި ފެނބޮޑުވުމުން އެކަމަށް ކިޔާނީސޯލިޙުވުމްތޯ ނޫނީ، ޝިފާވުންތޯ ސުވާލު އުފައްދަވާފައެވެ.
"ކަނބާއައިސާ ރަނި ހިނގުން 100 މީޓަރު ހަމަނުވާ ތަންކޮޅެއްގައި 1ކިލޯމީޓަރު ހެދޭ ފައިސާ ޚަރަދުކުރި. މިއަށް ކިޔަނީ ސޯލިޙްވުންތޯ ނޫނީ ޝިފާވުންތޯ އަޅުގަނޑަކަށް ނޭނގެ ޔަގީނުންވެސް." ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އަދި ޑރ.މުޢިއްޒު ކަންކުރެއްވި ގޮތަށް އެ ސްޕީޑްގައި މިސަރުކާރުން ކަންކުރަން ނޭގޭ ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ