މެމްބަރު މަހުލޫފާއި މުހައްމާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ދޫކޮށްލައިފިއެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ މިރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަމުންގެންދާ މުޒާހަރާގެ ތެރެއިންނެވެ. އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެފައި ތިބި މީހުން ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވަނީ: މިރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލަން ފަށާފައިވަނީ 23:00 ހާއިރުއެވެ. މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތަށް ޖައްސަން ފެށުމުން ބައިވެރިންވަނީ ސޯސަންމަގުން އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ފަހަތަށް ޖެހިފައެވެ. އެ ސަރަހައްދުގައި އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިތަން "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ފުލުހުންގެ ވެހިކަލެއްގައި ވީ މީޑީއާގެ ޓެކްނީޝަނަކު ހައްޔަރުކޮށްގެން ގެންދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް އަދި އެ ސަރަހައްދުން ވަނީ ވީ މީޑީއާގެ ޓެކްނީޝަނަކު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު "ސަން" ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ހައްޔަރުކޮށްގެން ގެންދިޔަތާ ގިނައިރުތަކެއް ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ޕެޕާސްޕްރޭގެ އަސަރުކުރި މީހަކަށް ފަރުވާދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް މިރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ޕެޕާ ސްޕޭރޭގެ އަސަރުކޮށްފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަންގު ޓީވީގެ ނޫސްވެރިއަކަށް ވަނީ ޕެޕާ ސްޕްރޭގެ އަސަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ