ހައްލަކީ އަދިވެސް އުމަރު ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބަކީ އެކަން ރައްޔިތުންނަށް ޓެސްޓުކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ "ހައްލަކީ އުމަރު" ކަމަށް އަޑު އަހާތާ 15 އަހަރު މިހާރު ވެފައިވާނެ ކަމަށާއި އެކަން އޮތީ އަދިވެސް އެގޮތަށް ކަމަށްވާއިރު ރައްޔިތުންނަށް އެކަން އަދި ޓެސްޓު ނުކުރެވެނީ ކަމަށެވެ. އަދި "ހައްލަކީ އުމަރު"ތޯ ޓެސްޓުކޮށްލަން އޭނާ އަށް ހޯމް މިނިސްޓަރު ކަމުގެ ދެ އަހަރުގެ ދައުރެއް ލިބިވަޑައިގެންނެވި ކަމަށާއި އެ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ހޯމް މިނިސްޓަރަކު ނުކުރާ ވަރަށް ރާއްޖެ އަމާން ކުރަން މަސައްކަތްކޮށްފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އެގޮތުން 43 ގޭންގު ލީޑަރުންގެ ފައިގައި ޓެގް އެޅުވި ހަމައެކަނި ހޯމް މިނިސްޓަރަކީ އޭނާ ކަމަށާއި އަދި "ހައްލަކީ އުމަރުކަން" ސާބިތުކޮށްދޭން ރާއްޖެ އަށް 18 ކުއްތާ ގެނެސް މަސްތުވާތަކެތި ހޯދަން މަސައްކަތްކޮށްފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. މި ހުރިހާ ކަމެއް ވެސް ކުރެއްވީ ހޯމް މިނިސްޓަރުގެ ކަނާއަތް ބަނދެފައި ހުއްޓާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އުމަރު ނަސީރު އަތަށް ދެއަތް މޮހާލާފައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ދެއްވާށޭ ތިބޭފުޅުން ޓެސްޓުކޮށްލަން. ހަގީގަތަކީ ވެސް ހައްލަކީ އުމަރުތޯ ބަލައިލަން." އުމަރު ވިދާޅުވި އެވެ.
އަމިއްލަ ގޮތުން ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާ އުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގައި ގޭންގުތައް ނުތިބޭނެ ކަމަށާއި މަސްތުވާތަކެތި ވިއްކަން ސައިކަލު މަތީގައި ނުތިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރާނެ ކަމަށާއި އިސްލާމީ ޝަރީއާ ގާއިމުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް އުމަރު ތަކުރާރު ކުރެއްވި އެވެ.
ހައްލަކީ އަޅުގަނޑު، މި ފަހަރު ޓެސްޓުކުރޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ