އެސްޓީއޯއިން ހިންގަމުންދިޔަ ބޭސްފިހާރަތަކުގެ އިންވެންޓްރީގެ މަސައްކަތްތައް ކުރުމަށް މާދަމާއިން ފެށިގެން ފާމަސީތައް ބަންދުވާނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ވިދާޅުވީ އެ ކުންފުނިން ހިންގަމުންދިޔަ ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މާދަމާއިން ފެށިގެން ފާމަސީތައް ބަންދުވާނެކަމަށެވެ. އެގޮތުން މާދަމާއާއި މިމަހުގެ 25 އަދި 26 އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓު ކުރުއަށްގެންދިޔުމަށް ހަމަޖހެިފައިވާކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެ އިތުރުން އެ ފާމަސީތަކުގެ މަސައްކަތް ނިމުމުން އެތަންތަނުގެ ޚިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭޓް ފާމާއިން ކުރާނެއެވެ.
އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ބޭސް ފިހާރަތައް އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފަރމާގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ވަނީ ހުޅުވާފައެވެ.
ބޭސްފިހާރަތަކާ ހަވާލުވާއިރު ބޭސް ފިހާރުތަކުގައި ހުރި ސްޓޮކް އެނގޭނެހެން އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޮލޭޝަން މަސައްކަތް ޖުލައި މަހުގެ ކުރިއަށް ނިންމާލެވޭނެ ކަމަށް ސްޓޭޓް ފަރމާއިން ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ބޭސް ކުންފުނިން ދަނީ މިހާރުވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި ނުލިބޭ ބޭސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ސްޓޭޓް ފަރމަސޫޓިކަލްއިން ވިދާޅުވެއެވެ.
އެސްޓީއޯގެ ބޭސްފިހާރަތައް 3 ދުވަހަށް ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ