ފިފާ ވޯލްޑް ކަޕްގައި މިރޭ އުޒްބަކިސްތާނު ކޮޅަށް ލަނޑު ޖަހައި، ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެ އެވެ.
ރޮނާލްޑޯ އަލަށް ވޯލްޑް ކަޕެއްގައި ކުޅުނީ 2006ގަ އެވެ. އެ މުބާރާތާއި އޭގެ ފަހުން މިހާތަނަށް ކުޅުނު ހުރިހާ ވޯލްޑް ކަޕްތަކުގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައިފަ އެވެ.
މިއީ އޭނާ ފިޔަވައި އިތުރު އެއްވެސް ކުޅުންތެރިއަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ.
މިހާރު ކުޅެމުން އަންނަ މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ރޮނާލްޑޯ ފިޔަވައި ޖެހިޖެހިގެން ހަ ވޯލްޑް ކަޕް ކުޅުނު ހަމައެކަނި ކުޅުންތެރިޔަކީ ލިއޮނެލް މެސީ އެވެ. ނަމަވެސް އޭނާ 2010ގެ ވޯލްޑް ކަޕް ނިންމައިލީ ގޯލެއް ނުޖެހި، ހުސް އަތާ އެވެ.
މިރޭގެ މެޗަށް ޕޯޗުގަލް އާއި ރޮނާލްޑޯ ނުކުތީ ޕްރެޝަރުގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޮންގޯއާ އެއްވަރުވުމާއި އެ މެޗުގައި ރޮނާލްޑޯއަށް ލަނޑެއް ނުޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ނަމަވެސް ރޮނާލްޑޯއަކީ ފާޑުކިޔުންތަކަށް ފަސްޖެހޭ ކުޅުންތެރިއެއް ނޫންކަން އޭނާ ވަނީ އަނެއްކާވެސް ސާބޮތުކޮށްދީފަ އެވެ.
ރޮނާލްޑޯ ތާރީހުގެ ތެރެއަށް: 6 ވޯލްޑް ކަޕްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ