ކުޅިވަރާއި ހަށިހެޔޮކަމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ކަންކަމުގައި ދެމިތިބުމުގެ ސިފަ އަށަގަންނުވައި، ފުރިހަމަ ގާބިލުކަން ހާސިލުކުރުމަށް ޒުވާނުންނަށް އެހީތެރިވެދިނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭއާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސާބިތު އަޒުމަކާއި، ނަފްސުގެ ހެޔޮ ސުލޫކާއި އާދަޔާޚިލާފު ހިތްވަރާއެކު ކުރިއަށްދާ އެތުލީޓުންނާއި ކޯޗުން، އަދި އުންމީދީ ހުވަފެންތަކެއް ދެކެމުންދާ ޒުވާނުންގެ އަގު ވަޒަންކުރައްވާ، ތަޢުރީފުކުރައްވާފައެވެ.
އަދި މި މުނާސަބަތަކީ، ކުރެވޭ ވަރުގަދަ، ކޮންމެ ދަތުރެއްގެވެސް ފެށުމަކީ އެޅޭ ފުރަތަމަ ފިޔަވަޅުކަން ހަނދާންކޮށްދޭ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޅިވަރުގެ ޒަރީއާއިން ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ބަދަހިކަން އާލާކޮށް، ދެމެހެއްޓެނިވި އެކުވެރިކަމުގެ ގުޅުންތަކެއް ބިނާވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
އިންޓަރނޭޝަނަލް އޮލިމްޕިކް ޑޭ: ޒުވާނުން ބާރުވެރިކުރުވުމަށާއި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ