އެސްޓީއޯ އިން ހިންގަމުން އަންނަ ފާމަސީތައް، އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރުމުގެ މަސައްކަތަށް އެސްޓީއޯގެ ބޭސް ފިހާރަތައް ތިން ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ ފާމަސީތަކުގެ ހިންގުން އާ ކުންފުންޏަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންވެންޓްރީ ކައުންޓް ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން، އަންނަ ހުކުރު ދުވަހަށް ކުރާނެ ކަމަށާއި އެހެންވެ އެ ދުވަސްތަކުގައި އެސްޓީއޯގެ ފާމަސީތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް ފާމަސީތައް ބަންދުކޮށްފައި ހުންނަ ދުވަސްތަކުގައި ވެސް ކޮންމެހެން ބޭނުންވާ އިމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. ސްޓޭޓް ފާމާ އުފެއްދީ މިހާރު ކުރިމަތިވެފައިވާ، ބޭސް ނުލިބުމުގެ މައްސަަލައަށް ހައްލު ހޯދައި މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެ މަސައްކަތް ކުރުމަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ފިހާރަތައް ބޭސް ކުންފުންޏާ ހަވާލުކުރާތީ ތިން ދުވަހަށް އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ