އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭ ޕީއެންސީއަށް ސޮއިކުރައްވައިފި ރާއްޖޭގައި ހިންގާ ތަރައްގީގެ އެންމެބޮޑު މަޝްރޫޢު އިފްތިތާހު ކޮށްފި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކ. ފުނަދޫ ތަރައްޤީ ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިރާނުގެ ރައީސަށް ތަޢ

ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކެބިނެޓް ބައްދަލުވުމަށް ވަދެވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ މިއަދު ކެބިނެޓު ބައްދަލުވުމުގައި ވަރަށް މުހިއްމު ކަންތައްތައް މަޝްވަރާކުރެވުމަށް އެބަހުރި ކަމަށެވެ. އެ ގޮތުން ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމާއި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕޭ ކުރުމުގައި ހުރި ހުރަސްތައް ނައްތާލުން މަޝްވަރާކުރުން ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިއަދު ކެބިނެޓް ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ސޯޝަލް ހައުސިންއަށް ކެޓަގަރީއެއް ތައާރަފް ކުރުން ފަދަ މުހިއްމު ކަންތައްތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ ޑިވެލޮޕްމެންޓް ފައިނޭންސް އިންސްޓްޓިއުޝަނެއް ނުވަތަ އިންވެސްޓްމަންޓް ބޭންކެއް ރާއްޖޭގައި ގާއިމު ކުރައްވައި އެ ބޭންކް މެދުވެރިކޮށް ރިސޯޓްތައް ހެދުމަށާއި އެހެނިހެން އިންވެސްޓްމެންޓްތައް ކުރެވޭނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ