މިހާރުން މިހާރަށް ހިދުމަަތަށް ނިކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމާ ހާއްސަ ރެކްރޫޓްމަންޓް ޕްރޮސެސް އެއްގެ ތެރެއިން އެ މީހުންނަށް ވަޒީފާގެ ފުރުސަތު ދޭނެ އެވެ.
ސިއްހީ ދާއިރާ ގައި މަސައްކަތް ކުރުމަށް ފަހު އެކި ސަބަބުތަކާ ގުޅިގެން ވަޒީފާއިން ވަކިވެފައިވާ މީހުންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއިން ނުކުންނަން ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން ނިންމައިިފި އެވެ.
ސަރުކާރުން މި ނިންމުން ނިންމީ މިދިޔަ އާދިއްތަ ދުވަހު އޮތް ކެބިނެޓް ބައްދަލްވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއް ގައި ކެބިނެޓްގެ އެ ނިންމުން ހާމަ ކުރައްވާ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި އެކި ސަބަބުތަކާ ގުޅިގެން ވަޒީފާއިން ވަކިވެފައިވާ ނަރުހުންނާއި ސިއްހީ ހިދުމަތްތެރީންނަށް އަލުން ހިދުމަތަށް ނިކުތުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށެވެ.އެގޮތުން މިހާރުން މިހާރަށް ހިދުމަަތަށް ނިކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭން ނިންމާ ހާއްސަ ރެކްރޫޓްމަންޓް ޕްރޮސެސް އެއްގެ ތެރެއިން އެ މީހުންނަށް ވަޒީފާގެ ފުރުސަތު ދޭނެ ކަމަށެވެ.މީގެ އިތުރުން ފްލެކްސިބަލް ވޯކިން އާވާސް ތައާރަފުކޮށް އަށް ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް އެ މީހުން މަސައްކަތް ކުރާ ވަގުތަށް ބަލާ ދޭނެ އުޖޫރައެއް ކަނޑައަޅާ ސިވިލްސާވިސްގެ ތެރެއިން ގޮތްތަކެއް ހަމަަޖައްސާ ފުރުސަތު ފަހި ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި އުމުުރުން 55 އަހަރުވެފައިވާ ނުވަތަ މަސައްކަތުން ރިޓަޔާ ކޮށްފައިވާ މީހުންގެ ތެރެއިން ސިއްހީ ގޮތުންނާއި ތައުލީމާއި ތަޖުރިބާ ގޮތުން ގާބިލް މީހަކަށް ވާނަމަ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެ އުސޫލެއް އެކުލަވާލަން ވެސް ވަނީ ނިންމާފައެވެ.ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާ އެ ނޫން މުހިންމު ބައެއް ދާއިރާތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދޭން ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ "ހަފްތާ14" ނިމެންވާ އިރަށް އެކަމާއި ގުޅޭ އުސޫލު އެކުލަވާލާ ފުރުސަތު ފަހިކޮށް ދިނުމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސިއްހީ ދާއިރާގެ ކުރީގެ ހިދުމަތްތެރިންނަށް އަލުން ފުރުސަތު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ