އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ލަންޑަނުގައި ޝޯއެއް ދެމުންދަނިކޮށް ސްޓޭޖުން ކަރަންޓު ކަނޑާލައިފި އެވެ.
ލަންޑަނުގައި ތިބި އޭނާގެ ފޭނުންނަށް ހާއްސަކޮށްގެން ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި އަރްޖިތު ޝޯއެއް ބޭއްވީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަރްޖިތު ޝޯ ދީ ނުނިމި އުޅެނިކޮށް އެ ސްޓޭޑިއަމުން ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. ގާތްގަނޑަކަށް 40،000 މީހުން ބަލަން ވަތް އެ ޝޯގެ ސްޓޭޖުން ކަރަންޓު ކަނޑަލީ އޭނާ ލަވަކިޔަމުން ދަނިކޮށެވެ.
ކަރަންޓު ކަނޑާލީ އެ ޝޯ ބާއްވަން ދިން ވަގުތު ހަމަވުމަށް ފަހު ވެސް އޭނާ ލަވަކިޔަމުން ދިއުމުން ކަމަށާއި ޝޯ ކުރިއަށް ގެންދަން އިތުރު 20 މިނެޓު ދޭން އޭނާ އާދޭސްކުރި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުންޏެވެ.
London stadium allegedly cut power at Arijit Singh's show without letting him say goodbye or finishing the song due to curfew time of 10:30 pm.Meanwhile, the video of him singing 'Saiyaara' at the concert is #trendingvideo . pic.twitter.com/kYayipLCMw
ސްޓޭޖުން ކަރަންޓު ކަނޑާލައި ސްޓޭޑިއަމްގެ ހުރިހާ ލައިޓެއް ނިއްވާލީ ލަންޑަނުގެ ގަޑިން އެ ރޭ 10:30 ގަ އެވެ. އޭރު އޭނާ ހުއްޓާނުލާ ލަވަކިޔަމުން ދިޔަތާ ހަތަރު ގަޑިއިރު ހުރީ ވެފަ އެވެ.
މިއީ އިންޑިއާގެ ލަވަކިޔުންތެރިޔަކު ޔޫކޭގެ ސްޓޭޑިއަމްއެއްގައި ޝޯއެއް ދިން ވެސް ފުރަތަމަ ފަހަރެވެ.
އަރްޖިތަކީ މިހާރު އިންޑިއާގެ އެންމެ އަގުބޮޑު އަދި އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާ ވެސް މެ އެވެ. އަދި އޭނާއަކީ 156 މިލިއަން ފޮލޯވާސްއާ އެކު ސްޕޮޓިފައިގައި އެންމެ ގިނަ ފޮލޯވާސް ތިބި ލަވަކިޔުންތެރިޔާ އެވެ. އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޓޭލާ ސްވިފްޓާއި އެރިއާނާ ގްރާންޑޭ ވެސް އުޅެނީ އޭނާއަށް ވުރެ ފަހަތުގަ އެވެ.
އަރްޖިތު ލަންޑަނުގައި ޝޯއެއް ދެނިކޮށް ކަރަންޓު ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ