ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް ކުރީގެ މެންބަރު އަބްދުﷲ ވަހީދު ހަމަޖައްސަވައިފި

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ތަރުޖަމާނަކަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ދިއްދޫ ވައްޑޭ) ހަމަޖައްސަވައިފިއެވެ.
ރައީސް ނަޝީދު މިކަން އިޢުލާނު ކުރެއްވީ މިއަދު އެމަނިކުފާނުގެ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެމަނިކުފާނުގެ އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިން ތަރުޖަމާނަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދިއްދޫ ދާއިރާގެ ރައީސް އަދި އެ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު އަބްދުﷲ ވަހީދު ކަމުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ