އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު އައްޔަނު ކުރައްވައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބްރިގޭޑިޔަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އައްޔަނުކުރައްވައިފި އެވެ.
ޒުހައިރު އެ މަގާމަށް އައްޔަނު ކުރެއްވީ ކުރީން އެ މަގާމުގައި ހުންނެވި މ. ދޫރެސް، މުހައްމަދު މައުރޫފް ޖަމީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. 
ޕީސީބީން ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބްރިގޭޑިޔަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އައްޔަނުކުރައްވާފައިވާ ކަމަށެވެ. ޒުހައިރު ކުރީން ހުންނެވީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފް އިސްތިއުފާ ދެއްވާފައިމިވަނީ މަގާމުން ރިޓަޔަރކުރެއްވުމަށް ނިންމަވާފައިވާކަން މުއައްޒަފުންނަށް އަންގަވާފައިވާ ދަނޑިވަޅެއްގައެވެ. 
މީގެ ހަތް މަސް ދުވަސްކުރީން ޑިސެންބަރު 22, 2024 ގައި އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވި މައުރޫފް, މަގާމުން ރިޔަޓާ ކުރައްވަން ނިންމަވާފައިވާކަން މުވައްޒިފުންނަށް އެކަން އަންގާފައިވަނީ މިހިނގާ ޖުލައިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
މައުރޫފަށް އެޗްޑީސީގެ ހިންގެވުން ހަވާލުކުރެެއްވީ ކުރިން އެމަގާމުގައި ހުންނެވި ފަޒުލް ރަޝީދު މަގާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ
ހުޅުމާލޭގެ ތަރައްގީގައި މައުރޫފްގެ ދައުރު ވަރަށް ބޮޑެވެ. ކުރީގެ ރައީސް މައުމޫންގެ ދައުރުގައި އެ ބިޔަ މަޝްރޫއު ފެށިއިރުން ފެށިގެން އެކި ލެވެލްގައި މައުރޫފް ވަނީ މަސައްކަތް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ