ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑުން ވަކިކޮށްފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން ޔޫސުފް ވަހީދު ވަކިކޮށްފި އެވެ.ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކަން ކަށަވަރު ކޮށްދިން ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ނުބުނެ އެވެ.ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާސް އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ އެޗްޑީސީގެ ބޯޑު މެންބަރަކަށް އައްޔަންކުރީ 2024 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.އެޗްޑީސީ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ތުހުތުމަތައް އެންމެ ބޮޑަށް ކުރެވޭ އެއް ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ