ރަމަޟާން 2026: އެކި ގައުމުތަކުގައި ރޯދަ ހިފަން ފަށަނީ ކޮން ދުވަހަކު؟
ދުނިޔޭގެ އެކި ގައުމުތަކުގެ މުސްލިމުން މިހާރު އަންނަނީ ރޯދަމަހަށް ތައްޔާރުވަމުންނެވެ. މިހާތަނަށް ފަލަކީ އިލްމުވެރިން ލަފާކޮށްފައިވާ ގޮތުން، ބައެއް ގައުމުތަކަށް މިރޭ ހަނދު ފެންނައިރު، އެހެން ގައުމުތަކަށް ހަނދު ފެންނާނީ މާދަމާ ރޭގައެވެ. ސައުދީ އަރަބިއްޔާ އާއި މުސްލިމުންގެ އާބާދީ ބޮޑު އެހެން ގިނަ ގައުމުތަކުން ވެސް، ރޯދަ މަސް ފަށަނީ ހަނދު ބަލާ މީހުންގެ ހެކިބަހަށް ބިނާކޮށެވެ. ރަމަޟާން މަހުގެ ހަނދު ފެންނަނީ ކިހިނެއް؟ ހަނދު ފެނުނު ކަމަށް ބަލާނީ އިރު އޮއްްސުމަށްފަހު ހަނދު އުޑުމަތިން ރީތިކޮށް ފެނިއްޖެނަމައެވެ. ހިޖުރީ ކަލަންޑަރުގައި ޝަޢުބާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާ ފެބްރުއަރީ 17 ވަނަ ދުވަހު (މިރޭ) އިރު އޮއްސުމުން، ހަނދު ފެނޭތޯ ފަލަކީ އިލްމުވެރިން ބަލާނެއެވެ. ހަނދު ފެނިއްޖެނަމަ، މާދަމާއަކީ މުލަ ރޯދަ ދުވަހުގެ ގޮތުގައި ކަނޑައަޅާނެއެވެ. ހަނދު ނުފެނިއްޖެނަމަ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ 19 ވާ ބުރާސްފަތި ދުވަހެވެ. ސައުދީ އަރަބިއްޔާގައި އާންމުކޮށް ހަނދު ފެންނަ މީހުންގެ ހެކިބަސް ނަގައި، ރަމަޟާން މަސް ފަށާނެ ދުވަހާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމައެވެ. އިނގިރޭސިވިލާތުގެ ނޯޓިކަލް އަލްމަނާކް އޮފީހުން ހިންގާ، ހަނދު ދައުރުވާ ގޮތުގެ ޓްރެކަރެއް ކަމަށްވާ ކްރެސެންޓް މޫން ވޮޗް އިން ބުނާ ގޮތުގައި ރޯދަ މަހުގެ ހަނދު އަރަން ފަށާނީ މިއަދު މައްކާ ގަޑިން މެންދުރު 3:01 ގައި (ޖީއެމްޓީ 12:01) އެވެ. އިންޑޮނޭޝިއާގައި މީގެ ކުރީ ރޯދަމަހެއްގައި، ޖަމާއަތުގައި ނަމާދު ކުރުން -- ފޮޓޯ/ އޭޕީ މިރޭ މައްކާއަށް 6:19 ގައި އިިރުއޮއްސޭ ކަމަށްވާއިރު، އިރު އޮއްސުމަށްފަހު ހަނދު ފެންނަން ހުންނާނީ އެންމެ ތިން މިނެޓަށް ކަމަށް އެ އޮފީހުން ލަފާކުރެއެވެ. މުޅި ދުނިޔެއަށް ހަނދު ފެންނަން ހުންނާނީ އެންމެ ތިން ގަޑިއިރާއި 18 މިނެޓަށް ކަމަށް އެ އޮފީހުން ބުނެއެވެ. ބައެއް ގައުމުތަކުގައި ރޯދަ ހިފަން ފަށާ ދުވަސް މިހާރުވެސް އިއުލާނުކޮށްފައިވާއިރު، އަނެއްބައި ގައުމުތަކުން ވަކި ގޮތެއް ކަނޑައެއްނާޅައެވެ. އުތުރު އެމެރިކާ އުތުރު އެމެރިކާގައި ރަމަޟާން މަސް ފަށާނީ މާދަމާ ކަމަށް ފަލަކީ ހިސާބުތަކަށް ތަބާވާ ފިގުހު ކައުންސިލް އޮފް ނޯތު އެމެރިކާ (އެފްސީއެންއޭ) އާއި އިސްލާމިކް ސޮސައިޓީ އޮފް ނޯތު އެމެރިކާ (އައިއެސްއެންއޭ) އިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ޔޫރަަޕް ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ޔޫރަޕިއަން ކައުންސިލް ފޯ ފަތުވާ އެންޑް ރިސާޗް (އީސީއެފްއާރު) އިން ވަނީ އިއުލާންކޮށްފައެވެ. ތުރުކީންވެސް ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 19 ކަމަށް ކަނޑައަޅާފައެވެ. މެދުއިރުމަތި ސައުދީ އަރަބިއްޔާ އިސްވެ އޮވެ މެދުއިރުމަތީގެ ގިނަ ގައުމުތަކުން މިއަދުގެ އިރުއޮއްސުމުގެ ނިޔަލަށް ވަކި ގޮތެއް އިއުލާނެއް ނުކުރާނެއެވެ. ހަނދު ފެނުުނު ކަމަށް އިއުލާނު ކުރާނީ މިއަދު އިރުއޮއްސުމަށްފަހު ހަނދު ފެނުނު ކަމަށް ހެކިބަސް ލިބިއްޖެނަމައެވެ. ނަމަވެސް މިރޭ ހަނދު ފެނުން ނާދިރު ކަމަށް ބައެއް ފަލަކީ އިލްމުވެރިން ބުނެއެވެ. ލުބުނާނުގައި ރޯދަމަހަށް ތައްޔާރުވުން -- ފޮޓޯ/ އޭޕީ އޭޝިއާ މުޅި އޭޝިއާގައި ވެސް ރޯދަމަސް ފެށޭނީ ބުރާސްފަތި ދުވަހު ކަމަށް ބައެއް އިލްމުވެރިން ބުނެއެވެ. ސިންގަޕޫރުން ރަމަޟާން މަސް ފެށޭނީ ބުރާސްފަތި ދުވަހުކަން ރަސްމީކޮށް އަންގައިފައިވާއިރު، އިންޑިއާ އާއި ޕާކިސްތާން ހިމެނޭ ގޮތަށް ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުން ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަސް ކަމަށް ލަފާކޮށްފައެވެ. https://www.sun.mv/218040 ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް މުލަ ރޯދަ ދުވަހަކަށް ވާނީ މާދަމާ ކަމަށް ދިވެހި ފަލަކީ އިލްމުވެރިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ، މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވެފައެވެ. އެފްރިކާ އެފްރިކާގައި ވެސް ރަމަޟާން މަސް ފެށެނީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ އެއްގޮތަށް ފެބްރުއަރީ 19 ވާ ބުރާސްފަތި ދުވަސް ކަމަށް ވަނީ ލަފާކޮށްފައެވެ. އޯޝޭނިއާ އޮސްޓްރޭލިއާގެ ނޭޝަނަލް އިމާމްސް ކައުންސިލުންވެސް ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ރޯދަމަސް ފެށޭނެ ކަމަށް އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ