މީހުން މަޑުކޮށްލާނެ ހިތްފަސޭހަ ސަރަހައްދެއް ހިމަނައި ތަރައްގީކުރި މޮނިއުމަންޓް އާންމުނަން ބޭނުންކުރެވޭނެހެން ހުޅުވާލައިފި އެވެ.
ކުމުންދޫ ކައުންސިލުން ތަރައްގީކުރި މިތަން ހުޅުވައިދެއްވީ ހުކުރުދުވަހު ހަވީރު އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލް ރައީސް އަމީން މުހައްމަދެވެ.
ގާތްގަނޑަކަށް 35000 ރުފިޔާ ހަރަދުގެ ތަރައްގީކުރި މި މޮނިއުމަންޓް ސަރަހައްދު ތަރައްގީކުރީ މީހުން އައިސް މަޑުކޮށްލާނެ ހިތްފަސޭހަ ފެހި ސަރަހައްދެއް ހިމަނައިގެންނެވެ. އަދި އެ ސަރަހައްދުގައި ބެންޗު ބަހައްޓާ، ގަސްތަކުގައި ޖޯލި ހަރުކޮށްފައިވެ އެވެ.
ތާނައަކުރުން ކުމުންދޫގެ ނަން ލިޔެފައި ހުރި މި މޮނިއުމަންޓް ތަރައްގީކޮށްފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގަ އެވެ.
ކުމުންދޫ ކައުންސިލުން ތަރައްގީކުރި މޮނިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާތު--ފޮޓޯ: ކުމުންދޫ ކައުންސިލް
ކުމުންދޫ ކައުންސިލުން ތަރައްގީކުރި މޮނިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާތު--ފޮޓޯ: ކުމުންދޫ ކައުންސިލް
މި މޮނިއުމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މުއައްސަސާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ބައިވެރިވި އެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއެކު ރަށްތައް ތަރައްގީކުރަން ލިބުނު ބާރާއެކު ގިނަ ރަށު ފެންވަރުގައި ކައުންސިލްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މަޑުކޮށްލާނެ ހިތްފަސޭހަ ސަރަހައްދަކާއެކު ކުމުންދޫގައި ތަރައްގީކުރި މޮނިއުމަންޓް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ