ނިޔާވުމަށް ފަހު ވަރި ސާބިތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ކައިޒީންގެ ބޯޓުގެ މައްސަލަ ސުޕްރީމް ކޯޓަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީ އިން ނިންމައިފި މ

މެދުރާއްޖެތެރޭގެ ރަށެއްގައި އަނބިމީހާއަށް ވަޅިން ބިރުދައްކައި މަރާލަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާގައި، ތުހުމަތުކުރެވޭ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުން ފުރަތަމަ އަމުރުކުރިއެވެ. ނަމަވެސް އެ ނިންމުން އެ މީހާގެ ފަރާތުން އިސްތިއުނާފު ކުރުމުން، މިދިޔަ ޑިސެމްބަރު މަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ މިނިވަންކޮށްފައެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިދިޔަ ހަފްތާގައި ވަނީ ހުކުމް އިއްވާފައެވެ. ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުން ނިންމަވާފައިވަނީ ހައިކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލުކޮށް، އޭނާ ބަންދުކުރުމަށް ދަށު ކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
މި މީހާގެ މައްޗަށް ދައުލަތުން ވަނީ 4 ދައުވާއެއް އުފުލާފައެވެ. އެއީ:
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ މީހާ ހުންނަން ޖެހޭނީ ބަންދުގައެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ސިއްރުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ