ހދ. ނާއިވާދޫ ބަނަދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޖެޓީގެ ތަނބުތަކުގެ މަސައްކަތްތައްކަމަށެވެ.
ހދ. ނާއިވާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކުރީ 2023ވަނަ އަހަރުގެ ޖަނަވަރީމަހުގެތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން، 231 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 73 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި 290 މީޓަރުގެ ބޭރު ތޮށި ލާނެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، ނާއިވާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %50 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން، އެއްގަމު ތޮށީގެ މަސައްކަތާއި، އައު ބަނދަރު ފުންކުރުމުގެ އިތުރުން، ރޭންޕާއި ބަލިމީހުން އަރާފޭބުމަށް ޚާއްސަ ޕްލެޓްފޯމުގެ މަސައްކަތްތައް ނިމިފައިވާކަމަށް ވިދާޅުވިއެވެ.
ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޖެޓީގެ ތަނބުތައް ކޮންކްރީޓްކުރުމުގެ މަސައްކަތްތައްކަމަށެވެ. ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ބަނދަރު ބައްތިއާއި، މަގު ބައްތި އަދި ބަނދަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ނާއިވާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 51.3 މިލިޔަން ރުފިޔާއަށެވެ.
ރާއްޖޭގެ ބަނދަރު ނެތް ބައެއް ރަށްރަށުގައްޔާއި، ބަނދަރު ހަލާކުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި އައު ބަނދަރުތައް ތަރައްޤީކުރުމަށް އެކި ރަށްރަށުގައި އަންނަނީ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމާއެކު، ލަފާފުރުމަށާއި، ރަށްރަށަށް އަރާފޭބުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ނާވައިދޫ ބަނދަރުގެ %50 މަސައްކަތް ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ