ޓެކްސް ކޮމިޝަނަރުގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
Zetta Enterprises Pvt Ltd
އަމީޒާއަކީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރަން ފެނޭތޯ ބެލުމަށް އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެވެ.
އަމީޒާގެ ނަމާއެކު، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓްސް އޮފް މޯލްޑިވްސްގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ހަލީމް އަބްދުﷲ، ސާދާގެ، ހއ. ތަކަންދޫ ގެ ނަން ވެސް މަޖިލީހަށް ފޮނުއްވި އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވ، ހަސަން ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ