ދިރާގުން ސައިބަސެކިއުރިޓީ ވަރުގަދަކޮށްދޭ އާ ހިދުމަތެއް

ދިރާގާއި އީސެޓް ގުޅިގެން ސައިބަ ޕްރޮޓެކްޓްގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ހިދުމަތަކީ، ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބަ ތްރެޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ.
ސައިބަ ޕްރޮޓެކްޓްގެ އެހީގައި، ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާ ލެޕްޓޮޕާއި ޑެސްކްޓޮޕް އަދި ސާވާތައް މަލްވެއާ އާއި ރެންސަމްވެއާ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، އީމެއިލް އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިން ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދެ އެވެ.
ތަފްސީލް - އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާގެ އިތުރުން، ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ފުރިހަމަ އެހީތެރިކަމާ އެކު ފޯރުކޮށްދޭ މި ހިދުމަތަކީ ގިނަ ފީޗާތަކެއް އެކުލެވިގެންވާ ހިދުމަތެކެވެ. މީގެ އިތުރުން:
ސައިބަ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާ އެކު، ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓައިދޭނެ
މީގެ ތެރޭގައި ސައިބަ ތްރެޓްތަކުގެ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާ އެކު، ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓައިދޭނެ
ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުން 24 ގަޑިއިރު ސިސްޓަމްތައް މޮނިޓަކޮށް، މެނޭޖުކޮށް، ބޭނުންވާ ފަންނީ އެހީތެރިކަން އަބަދު ވެސް ފޯރުކޮށްދެމުންދާނެ
ދުނިޔޭގައި ސައިބަ ތްރެޓްގެ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިބަ ޕްރޮޓެކްޓް މެދުވެރިކޮށް ކުރިޔާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ އެވެ.
ކޮންމެ ވިޔަފާރިއަކަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހިދުމަތަކީ ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ބަހާލެވިފައިވަނީ ހަތަރު ޕެކޭޖަކަށެވެ. އެއީ:
ކޮންމެ ކުންފުންޏެއްގެ ވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން 
މީގެ ސަބަބުން، ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ހަރަދު ކުޑަވެ، ފަސޭހަކަމާ އެކު އިތުބާރު ހިފޭ، ރަނގަޅު ފެންވަރުގެ ރައްކާތެރިކަން ހޯދޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ