އެމްއައިބީ ގެސްޓްހައުސް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުން އަލަށް ފަށާ އެމްއައިބީ ގެސްޓް ހައުސް އެވޯޑްސް އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އެމްއައިބީން ދޭން ފަށާ އެވޯޑެކެވެ. 
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
އެމްއައިބީން ބުނީ، މިއީ ރާއްޖޭގެ އިގުތިސާދުގެ މުހިންމު ބައެއް ކަމުގައިވާ ގެސްޓްހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް، އެ ފަރާތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލުކަން ހޯދައިދިނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި އެވޯޑުގެ ސަބަބުން ގެސްޓްހައުސްތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ވާދަވެރި މާހައުލެއްގައި ކުރިއަށް ދިއުމަށް ބާރަކަށް ވާނެ ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.
މި އެވޯޑުގެ އިވޭލުއޭޝަން މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ. އެމްއައިބީން ބުނި ގޮތުގައި އެވޯޑަށް ހޮވުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ގެންގުޅުމަށްޓަކައި ކޮންމެ ކެޓަގަރީއަކަށް ވެސް ވަނީ ހާއްސަ ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.
ތަފާތު ސައިޒުތަކުގެ ގެސްޓްހައުސްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިންސާފުވެރިކުރުމުގެ ގޮތުން، ގެސްޓްހައުސްތަކަށް އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ދެ ޓިއަރއަކަށް ބަހާލައިގެނެވެ. އެއީ 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތަކަށް ހާއްސަ ފުރަތަމަ ޓިއާ އަދި 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް ހާއްސަ ދެވަނަ ޓިއާ އެވެ.
މި އެވޯޑަށް ކުރިމަތިލާ ގެސްޓްހައުސްތަކަކީ ރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް ތަންތަނަށް ވާންޖެހެ އެވެ.
މީގެ އިތުރުން، ޓެކްސް ކްލިއަރެންސް ސެޓްފިކެޓާއި، ޕެންޝަން އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ އެވެ. އަދި އެޕްލިކޭޝަން ހުށަހަޅާ ތާރީހާ ހަމައަށް މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއް ނެތި ހިންގާފައިވާ ތަނަކަށް ވާންޖެހޭއިރު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް އޮތުމަކީ ވެސް ލާޒިމް ޝަރުތެކެވެ.
ވަކިވަކި ފަރުދުންނަށްދޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭއިރު، އެފަރާތްތަކަކީ އެމްއައިބީ ނުވަތަ ކްރޯ މޯލްޑިވްސްއާ އެއްވެސް ކަހަލަ މަސްލަހަތު ފުށުއެރުމެއް އޮތް ފަރާތްތަކަކަށް ވެގެން ނުވާނެ އެވެ. އަދި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ރަށްތަކަކަށް ވާންޖެހޭނެ އެވެ. މި އެވޯޑަށް ކުރިމަތިލާ ރަށްރަށުގައި މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި އޮޕަރޭޓްކުރަމުން ދާންޖެހޭނެ ކަމަށް ވެސް އެމްއައިބީން ބުނެ އެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ޓިއަރއަކުން ގެސްޓްހައުސްތަކަށް ދޭ އަށް އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށްދޭ އިންޑިވިޖުއަލް ތިން އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެވެ.
 އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ