ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަނުކުރަން ފާސްކޮށްފި

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މަޤާމަށް އަމީޒާ އައްޔަނުކުރުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ. މި މަޤާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައިވެއެވެ.
މި މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކުރުމަށްފަހު، ދެ ބޭފުޅުންނާ އިންޓަވިއުކޮށް މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅުމުން، މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ އަމީޒާ އެ މަޤާމަށް އައްޔަނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ