ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަންނަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ހއ. މުރައިދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީގެ ކޮމެޓީގެ އިންތިހާބުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މާލޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުް ރޫޅާލަން އެމްޑީޕީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ މިވަގުތު އެމްޑީޕީން އެންމެ ބޮޑަށް ކުރާ އެއް މަސައްކަތް ކަމަށެވެ.
"ވަކިވަކި މެމްބަރުންނަށް އެބަގުޅާ. ވަކިވަކި ފައިސާގެ އަދަދު އެބަ ހުށަހަޅާ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މަޖިލީހުގެ ޕީއެންސީގެ 75 މެމްބަރުންނަކީ ވަރަށް އިހުލާސްތެރި މެމްބަރުންތަކެއް ކަމަށާއި މިއިން އެއްވެސް މެމްބަރަކު ހުރީ ފައިސާއަށް ގުޑާ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އެމްޑީޕީން ދައްކާ ހުރިހާ ވާހަކަތަކެއް އެ މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހިއްސާކުރައްވަމުން ގެންދަވާ ކަމަށާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނަކީ ވަރަށް ތެދުވެރި މެމްބަރުންތަކެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާނީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ކަމަށާއި އެއްވެސް މެމްބަރަކަށް ބަދަލެއް ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު ހަރުދަނާކޮށް މެމްބަރުންނަށް ޕާޓީ ބަދަލުނުކުރެވޭނެ ގޮތަށް އިސްލާހު ގެނެސްފައިވާނެ ކަމަށާއި އެކަން އެގޮތަށް ކުރީ ނަފްސު ވިއްކާލަން ބޭނުން ނުވާތީ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.
ޕީއެންސީގެ މެމްބަރުން ގަންނަން ފައިސާ ދަނީ ހުށަހަޅަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ